ފުރަން ގޮސްހުރި އަންހެނެއްގެ އަތުން ޑުރަގް ފެނުމުން ހައްޔަރުކޮށްފި

މ
8 އޮގަސްޓު 2024 12:45އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި އަންހެނެއްގެ އަތުން ޑުރަގް ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ބަލާފާސްކުރި އިރު ޑުރަގް ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.