ރާއްޖޭގެ ފަތުވާ މަޖިލީސް ތަރައްގީކުރަން ބައިނަލްއަގުވާމީ ފެންވަރުގެ އެއްބަސްވުމެއް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ ފަތުވާ މަޖިލިސް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ހިންގުމަށް ޓަކައި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީއާއެކު އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ މަގުސަދަކީ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލިސް ތަރައްގީ ކުރުމުގެ އިތުރަށް ފިގުހީ މައްސަލަތަކަށް އިލްމީ ހައްލު ހޯދުމުގައި، އިސްލާމިކް މިނިސްޓްރީއާއި އެ އެކަޑަމީ ގުޅިގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް، ޕްރޮފެސަ ޑރ. ގުތުބާ މުސްތަފާ ސާނޫ އެވެ.

އެ އެކަޑަމީއަކީ، އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ އިލްމީ އެންމެ މަތީ މަޖިލީހެވެ. އެ މަޖިލީހުގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.