މާލޭ ބިންވެރީންގެ ސައްލާ މިރޭ ސަލްޓަންޕާކް ގަ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މާލޭ ބިންވެރީންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.

މި ސައްލާ ބާއްވަަނީ ހަތަރު ޖަމިއްޔާއެއް ގުޅިގެންނެވެ. އެއީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، މާލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ ގުޅިގެންނެވެ.

މި ޖަމިއްޔާތަކުން ގުޅިގެން މިރޭ ބާއްވާ މާލޭ، ބިންވެރިންގެ ސައްލާ ބާއްވަން ނިންމި އިރު، އެ އިވެންޓާ ބެހޭ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި ހިއްސާކޮށްފައިވާކަމަށް މި ސައްލާ އިންތިޒާމު ކުރާފަރާތުން “ ހަފްތާ“ އަށް ވިދާޅުވިއެވެ. އަދި ރައީސް ދެއްވި ހާއްސަ މެސެޖެއްވެސް މިރޭގެ ސައްލާގައި އާންމުކުރާނެ ކަމަށް އެފަރާތުން ވިދާޅުވިއެވެ.

މިރޭގެ ސައްލާ އޮންނާނީ ސަލްޓަން ޕާކު އޯޕަން ސްޓޭޖްގައި ރޭގަނޑު 8:00 ގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.