ވަނގާރުގެ ކައިރިން ލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މ
21 އޮގަސްޓު 2024 00:001 މިނިޓުގެ ކިޔުން
Aa

ހއ.ވަނގާރުގެ ކައިރިން ސްރި ލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އެ ބޯޓު އޮޔާދަނީ ވަނގާރުގެ 39 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

”މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެއްކަން ވަނީ މައުލޫމާތު ލިބިފައެވެ. އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް ލަފާކުރެވެއެވެ،“ އެމްއެންޑީއެފުން ބުންޏެވެ.

އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.