ޑުރަގް ބޭނުންކުރާ ކަމަށް ތުހުމަތުވާ ނަރުހެއްގެ މައްސަލަ ބަލަނީ

މ
17 އޮގަސްޓު 2024 12:451 މިނިޓުގެ ކިޔުން
Aa

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އައިޖީއެމްއެޗުންނެވެ.

އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ފުލުހުން ހާމަނުކުރި ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.