ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

މ
21 އޮގަސްޓު 2024 00:151 މިނިޓުގެ ކިޔުން
Aa

ކުއްލި ހާލަތްތަކުގައި އެކި ނަންބަރުތަކަށް ގުޅުމުގެ ބަދަލުގައި އެއް އެއް ނަމްބަރަކަށް ގުޅައިގެން ހިދުމަތްތައް ފޯރު ކޮށްދެވޭނެ ގައުމި ހެލްޕް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަލާމަތީ ބާރުތަކުންނާއި ހެލްތު މިނިސްޓްރީން މިއަދު ވަނީ ގައުމީ ހެލްޕު ލައިނެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭ މައްސަލަ ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ ހެލްތު މިނިސްޓްރީންނެވެ.

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ނަފްސާނީ ގޮތުން އެހިތެރިކަން ބޭނުންވާ މީހުންނަށް ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕް ލައިން 1677 އިފްތިތާހު ކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.