ބުރިޖު ލައިޓްކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންނަށް ފަރުވާ ދެނީ

މ
23 އޮގަސްޓު 2024 18:391 މިނިޓުގެ ކިޔުން
Aa

ސިނަމާލޭ ބްރިޖު ޓްރެފިކް ލައިޓް ކައިރީގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ފަތިހު 5:26 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެނަކާއި އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 19 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އަނެއް ސައިކަލު ދުއްވަން އިން އުމުރުން 43 އަހަރުގެ ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.