އެހެން މީހަކު ވާދަނުކުރުމުން ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އެހެން ސިޔާސީ ޕާޓީއަކުން ވާދަނުކުރުމުން ކައުންސިލްތަކުގެ ބައެއް ގޮނޑިތައް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.

އެހެން ބޭފުޅަކު ވާދަނުކުރެއްވުމުން ޕީއެންސީއަށް ލިބުނު ކައުންސިލްގެ ގޮނޑިތަކަކީ:

  • ކ. އަތޮޅު ކައުންސިލް ރައީސް – އަހުމަދު އަނީސް، އޮޅުވެލި ކ. ތުލުސްދޫ

  • ށ. މަރޮށި ކައުންސިލް މެންބަރު – ހުސައިން ނާޒިމް، ފަޒާ ށ. މަރޮށި

  • ގދ. ފަރެސްމާތޮޑާ ކައުންސިލް މެންބަރު – ހަސަން އާސިމް، ފަރެސްއަވަށް ކޯނާ، ގދ. ފަރެސްމާތޮޑާ

ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނިމާލް އިސްތިއުފާ ދެއްވީ ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ދަތިވާ ކަމަށް ވިދާޅުވެ އެވެ.

މި ގޮނޑިތަކަށް ޕީއެންސީން އެކަނި ކުރިމަތިލިޔަސް އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި އެހެން ޕާޓީތަކުން ވާދަކުރި އެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލިކޮށް މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.