ޕީޖީ ޝަމީމަށް ހަމަލާ ދިން މީހުންނަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

މ
21 އޮގަސްޓު 2024 12:161 މިނިޓުގެ ކިޔުން
Aa

ޕީޖީ ހުސެއިން ޝަމީމް

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޝަމީމަށް މަރުތޭލަކުން ހަމަލާ ދިނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. ފުލުހުން މީގެ ކުރީން ބުނެފައިވާ ގޮތުގައި އެ ހަމަލާ ދިނީ ހެލްމެޓް އަޅައިގެން، މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. އަދި އެއީ ދުރާލާ ރޭވިގެން ދިން ހަމަލައެއް ކަމަށްވެސް ބުނެފައިވެ އެވެ. އެ ހަމަލާގައި ޝަމީމުގެ ވައަތުގައި ރެނދުލުމުން ފަރުވާ ހޯއްދެވި އެވެ.

އެ މައްސަލައިގައި ދިވެހި ހަތް މީހަކު ހައްޔަރުކުރި އިރު، އެ އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އެ ހަތް މީހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި މިދިޔަ އާދިއްތަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.