މަސްވެރިކަމުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނާ މަހަށް ހަމަ އަގު ނުލިބުން: ޝިޔާމް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ދިވެހި މަސްވެރިކަމުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިން ބަނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ކަންބޮޑުވުންކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިންގެ ރެސްކިއު ޕްރޮގްރާމް ފެށުމަށް ހުވަދު އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ “ނާރެސް” އަކީ ހުވަދޫކަމަށާއި، މަސްވެރިކަމުގައި ހުވަދޫ އަތޮޅުގެ ރައްޔިތުންނާއި މަސްވެރިން ތަހައްމަލު ކުރާ އުނދަގޫތަކަކީ މުޅި ރާއްޖެ ތަހައްމަލު ކުރަމުންދާ އުނދަގޫތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގެ މަސްވެރިންނަށް ލިބޭ ހައްލަކީ، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށްވެސް ލިބޭ ހައްލުކަމަށް ވިދާޅުވަމުން ވަޒީރު ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ކަންބޮޑުވުންކަމަށެވެ.

”މިއީ ހައްލު ކުރުމަށް އުނދަގޫކަމެއް. މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކެއް ނަމަވެސް، އެކަމުގެ މަސައްކަތްތައް ސަރުކާރުން މިވަނީ ފަށާފައި.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ ފައިސާ އިތުރުކުރުމުގެ މަސައްކަތް ފަށަންޖެހޭކަމަށެވެ. އެގޮތުން މަސް ރައްކާ ކުރެވޭނެ ސްޓޯރޭޖް އިތުރުކޮށް، އައިސް އާއި ތެޔޮ ފަސޭހަކަމާއިއެކު މިހާރަށްވުރެ އެފިޝަންޓްކޮށް ލިބޭނެ އިންތިޒާމްތައް ފަހިވާން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަންކަމަކީ ހައްލުކުރަން އެޖެންޑާގެ އެންމެ ކުރީގައި ހިމަނާފައިވާ މައްސަލަތައްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.