ކެއްސުމަށް ދޭ ބޭހެއްގައި ކުނޑި ކޮޅުތަކެއް، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

މ
19 އޮގަސްޓު 2024 13:251 މިނިޓުގެ ކިޔުން
Aa

ރާއްޖެ އެތެރެކޮށް ބޭނުންކުރާ ބޭހެއްގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން އެ ބޭސް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.

ކުނޑިކޮޅުތަކެއް ފެނިފައިވަނީ ކެއްސުމަށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕްގެ 100 އެމްއެލް ބޭހުންނެވެ. އެ ބޭސް އުފައްދަނީ އިންޑިއާގެ ޗެންނާއީގައި ހުންނަ އެމްއެމްސީ ހެލްތް ކެއާ ލިމިޓެޑުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ކަންކަން އިތުރަށް ބެލުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ވިމާ، އެ މައްސަލަ އޮތޯރިޓީން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.