ސުޒޫ ވެސް ބިއުޓީ ސެލޫން ހިންގަމުން އައީ ގަވާއިދާ ހިލާފަށް، ޑީޕޯޓް ކޮށްލައިފި

މ
24 އޮގަސްޓު 2024 20:211 މިނިޓުގެ ކިޔުން
Aa

ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި ސުޝްމިތާ ދައުގޮދާ ނުވަތަ އާންމު ނަމުންނަމަ ސުޒޫ ވެސް ޑީޕޯޓް ކޮށްލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ސުޒޫ ޑީޕޯޓްކޮށްލީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގުމަށްފަހު ކަމަށެވެ.

އެގޮތުން އެ އިންސްޕެކްޝަންގައި ސުޝްމިތާއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އައި މީހަކަށްވާތީ، އޭނާ އިމިގްރޭޝަންގެ ހައްޔަރަށް ގެނެސް، މިދިޔަ އަންގާރަ ދުވަހު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ބުންޏެވެ.

ސުޒޫ ޑީޕޯޓް ކޮށްލި އިރު، އޭނާ އާއެކު ކުރިން މަސައްކަތް ކުރި ރަޖަނީ ޝްރެސްތާ ނުވަތަ ރިޒްވެސް ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ. އޭނާއަކީ ވެސް ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި މީހެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.