ރުޅި އަރުވާލުމަށްފަހު ބީއެމްއެލްގެ ނިންމުން ބަދަލުކޮށްފި، ރުފިޔާ ކާޑުތަކުން ޑޮލަރު ކެނޑޭނެ

މ
25 އޮގަސްޓު 2024 16:29އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޑޮލަރު މުއާމަލާތްތަކުގެ ލިމިޓަށް ގެނައި ބަދަލު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލުކޮށްފި އެވެ.

ބީއެމްއެލްގެ ނިންމުން ބަދަލު ކޮށްފައިވާކަން އެ ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބަދަލު ގެންނަން ނިންމީ ބޭންކު ތަކުގެ ބެލެނިވެރިފަރާތް، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ކަމަށެވެ.

”25 އޯގަސްޓު 2024 ގައި އިއުލާނު ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ.“ ބީއެމްއެލްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.