އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ބަދަލުކުރަނީ

މ
1 ސެޕްޓެމްބަރު 2024 09:47އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުން ވަނީ ރައީސްގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ ތެރެއިން މިދިޔަ ހަފުތާގެ ތެރޭގައި އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ބަދަލުކުރަން ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

މިއަދުގެ ކެބިނެޓު ބައްދަލުވުމުގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާއި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.