ހަރުދަނާ ޒުވާން ޖީލެއް ބިނާކުރަން ކޮންމެ މާމަ ކާފައެއްގެ ނަސޭހަތް ގައުމަށް ބޭނުންވާ: ރައީސް

މ
1 ސެޕްޓެމްބަރު 2024 11:391 މިނިޓުގެ ކިޔުން
Aa

އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ގައުމަށް ބޭނުންވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

‎ގައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ.

ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެ މީހުންގެ އާއިލާއަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެ މީހުންގެ އަގު ވަޒަންކުރުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.