މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ

މ
29 އޮގަސްޓު 2024 21:41އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށްގެން ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ރަހީނުކޮށްފައިވަނީ މާފަންނުގެ ގެއެއްގެ ތެރޭގައި ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަންހެން މީހާ ރަހީނުކޮށްފައިވަނީ ފިރިހެނެކެވެ. އަދި އޭނާ ހުރީ އެ އަންހެން މީހާގެ ފަހަތުން އޭނާގެ ކަރުގައި އަތް އަޅައިގެންނެވެ. އެ ވީޑިއޯގައި ބުނެފައިވާ ގޮތުން ފިރިހެން މީހާ ހުރީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ނަމަވެސް ވީޑިއޯއަކުން އެކަން ސާފުކޮށް ނުފެނެ އެވެ.

އެހެން ވީޑިއޯއެއްގައި އެ އަންހެން މީހާ ސައިކަލުގެ ކުރިމައްޗަށް އަރުވައިގެން ފިލާ މަންޒަރު ފެނެ އެވެ. އޭރު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ތަންވެސް ފެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.