ހުޅުމާލެ ކައިރިން ޑައިވްކުރި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވްކުރި ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ފައި ބުރިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 63 އަހަރުގެ އެމެރިކާގެ އަންހެނެއްކަމަށެވެ. އަދި އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށެވެ. އެ އަންހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވް ކުރި ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އަނިޔާވިކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.