އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުން: ކާރު ދުއްވަން އިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މ
6 ސެޕްޓެމްބަރު 2024 18:53އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވާފައިއައި ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން ހައްޔަރުކުރީ މިއަދެވެ. ފުލުހުން ވަނީ އެ މީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފަ އެވެ. އެއީ ސ. ހިތަދޫ/ ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ އެވެ. އުމުރަކީ 26 އަހަރެވެ. އޭނާ އަތުގެ ލައިންސަންސް ނޯވެ އެވެ.

ފުލުހުން ބުނީ ވިސާމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ ވިސާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.

އެކްސިޑެންޓުގައި މަރުވީ ލ. އިސްދުއަށް އުފަން ހަސަން ސަމާހު، 23 އަހަރެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ. ސަމާހުގެ ބޮލަށާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.