ހޮޅުދޫން މަރުވެފައިވާ އަންހެނެއް ފެނިއްޖެ، ހަށިގަނޑުގައި ޒަހަމްތަކެއް

މ
10 ސެޕްޓެމްބަރު 2024 11:20އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ނ. ހޮޅުދޫގައި ނިޔާވެފައި އޮތް ދިވެހި އަންހެނަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ހޮޅުދޫގައި ޒަހަމްތަކަކާ އެކު، އަންހެނަކު އޮތްކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:10 ގައި ލިބިގެން ފުލުހުން އެޓެންޑްވި ކަމަށެވެ. އެ މީހާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާ އެވެ. އޭނާގެ ދެ ކުއްޖަކާއި ދެ މާމަ ކުދިން އަދި ފިރިއެއް ވެސް ހުރެ އެވެ.

ޒަކިއްޔާ މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑު ކައިރީގައި މަސް ކަނޑަން ގެންގުޅޭ ވަޅިއެއް އޮތެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.