ފުލުހުން ވެހިކަލްތަކެއް އުކާލާ ވީޑިއޯއެއް: ބުނީ ނައްތާލަން ހަމަޖެހިފައިވާ ވެހިކަލްތަކެއް ކަމަށް

މ
7 ސެޕްޓެމްބަރު 2024 16:581 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ޓޯޔާޑު ތެރޭގައި އުޅަނދުތަކެއް އުކާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ މޭރީބްރައުން ފަހަތުގައި ހުންނަ ޓޯޔާޑަށް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާ މަންޒަރެވެ.

އެ ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ވެހިކަލްތަކަކީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހުޅުމާލެ އިން ގެނެސްފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ. އަދި އިއްޔެ އެކަނިވެސް 500 ވެހިކަލް ނައްތާލުމަށް ގެންގޮސްފައިވާނެ ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 2 ފުރޮޅުލީ: 247 ވެހިކަލް

  • 4 ފުރޮޅުލީ: 29 ވެހިކަލް

  • ބައިސިކަލް: 223

  • އެމްބިއުލާންސް: 1

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.