ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް މަގާމުން ވަކިކޮށްފި

މ
8 ސެޕްޓެމްބަރު 2024 15:591 މިނިޓުގެ ކިޔުން
Aa

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްގަފޫރު (ޔޫސޭ) އެ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، ޔޫސުފް އެ މަގާމުން ވަކިކުރީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.

ގަމު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޔޫސުފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ޔޫސުފް އެ މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އަދިވެސް ފަސް ބޭފުޅުން ތިއްބަވާނެ އެވެ. އެއީ:

  • ޑރ. މުހައްމަދު ކިނާނަތު

  • ލުބްނާ މުހައްމަދު ޒާހިރު

  • އަހުމަދު ސިއްދީގު

  • އާދަމް މުހައްމަދު އަބްދުﷲ

  • އަބްދުލްމަޖީދު އިބްރާހިމް

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.