ކާރެއްގެ ތެރެއިން 148 ބަނގުރާ ދަޅާއި ފުޅި، ބަންގްލަދޭޝް މީހަކު ހައްޔަރަށް

މ
11 ސެޕްޓެމްބަރު 2024 13:141 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރި އިރު 144 ދަޅު ބަނގުރާ އަދި ހަތަރު ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ކާލޫ (26އ) އެވެ. އަދި އެ މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.