ޖޭއެސްސީގެ މެންބަރު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު އައްޔަން ކުރައްވައިފި

މ
8 ސެޕްޓެމްބަރު 2024 17:421 މިނިޓުގެ ކިޔުން
Aa

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ ފަރުހާދު ރަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.

ފަރުހާދަކީ ސިވިލް ކޯޓުގެ ގާޒީ އެކެވެ. ފަރުހާދު ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. ފަރުހާދަކީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަރުހާދު، ޖޭއެސްސީއަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ފަރުހާދު ވަނީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވައި ކުރައްވައި، ހުވައިގެ އިގްރާރުގެ ސޮއިކުރައްވައިފަ އެވެ. ޖޭއެސްސީގެ މެންބަރު ކަމުގެ ހުވައި ފަރުހާދަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.