އަލްއަމީރާ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

މ
5 ސެޕްޓެމްބަރު 2024 00:441 މިނިޓުގެ ކިޔުން
Aa

ސައުދީ އަރަބިއާގެ ޝާހީ ހާންދާނަށް ނިސްބަތްވެވަޑައިގެންވާ ބޭކަނބަލެއް ކަމަށްވާ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވުމާ ގުޅިގެން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް މިރޭ ފޮނުއްވައި ފިއެވެ.

އެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި އާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާ ކަމަށެވެ. ރައީސް ވަނީ އެ މެސެޖުގައި ރަސްގެފާނަށާއި، ޝާހީ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އަދި މަރްހޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުއާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ. ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.