ކުޅުދުއްފުށި ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މ
11 ސެޕްޓެމްބަރު 2024 20:001 މިނިޓުގެ ކިޔުން
Aa

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތްވާ ފެނުނު އެ ރަށު/ ޑެއިޒީފެހި، މުހައްމަދު ހަސަންގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުހައްމަދު ހަސަންގެ ހަށިގަނޑު ފަޅުތެރެއިން ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 8:17 ހާއިރެވެ. އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން މިއަދު ބުނީ، މުހައްމަދު ހަސަންގެ ޕޯސްޓްމޯޓަމް ހެދުމަށް މިރޭ މާލެ ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން މަރުވީ ދޯންޏެއްގެ ފެހި ކަހަން މޫދަށް ފައިބައި އުޅެނިކޮށެވެ. އަދި އޭނާއަކީ އަމިއްލައަށް އިސް ނަގައިގެން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.