މަރުވިތާ 4 ދުވަސް ފަހުން އަތުހަރުގެ ހަށިގަނޑު އިންޑިއާ އަށް، ޕޯސްޓް-މޯޓަމް މާދަމާ

މ
5 ސެޕްޓެމްބަރު 2024 17:291 މިނިޓުގެ ކިޔުން
Aa

އާދަމް އަތުހަރު

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ށ. މިލަންދޫ/ ހެޕީލޭންޑް، އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ޕޯސްޓްމޯޓަމް ހަދާނީ މާދަމާ ކަމަށެވެ.

އަތުހަރުގެ މަރުވީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 4:08 ހާއިރެވެ. އަތުހަރު މަރުވި އިރު، އޭނާއަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގަ އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންގޮސްފައި މިވަނީ މަރުވިތާ ހަތަރު ދުވަސް ފަހުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓައި އަތުހަރު ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނުކަން ފުލުހުން ހާމަކުރީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.