ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންތަކެއް؛ ލައްކައިން ފައިސާއާއި ކޭޝް ކާޑުތަކެއް ފެނުނު

މ
5 ސެޕްޓެމްބަރު 2024 21:431 މިނިޓުގެ ކިޔުން
Aa

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާ އާއެކު އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ މީހުން އަތުލައިގަތީ ޓާސްކުފޯހަށް ލިބުނު މައުލޫމާތެއްގެ އަލީގައި އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ރެއިޑުގައި އަތުލައިގެން މީހުންނަކީ ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބައެއް ކަމަށާއި އަދި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ޑެބިޓް/ ކްރެޑިޓް ކާޑުތަކެއްވެސް ފެނުނު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ، އިތުރު ތަފުސީލު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

އިމިގްރޭޝަނުން އާންމުކުރި ފޮތޯތަކުން ފެންނަ ގޮތުގައި އެ މީހުންގެ އަތުން އެމެރިކާ ޑޮލަރާއި އެހެން ގައުމުތަކުގެ ރުފިޔާ ގިނަ އަދަދަކަށް ހުއްޓެވެ. އަދި ދިވެހި ރުފިޔާގެ ވެސް ބޮޑެތި އަދަދުތަކުގެ ނޫޓުތައް ހުރި އިރު، އެ ނޫޓުތައް ފޮޓޯއަށް އަތުރާފައި ހުރި އިރު ގިނަކަމުން ގުނާވެސް ނުލެވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.