ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް އަޅަނީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އަންނަ ރޯދަ އަށް ހަދާ އެ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އެ މިސްކިތުގައި އަންހެނުންނާއި ފިރުހެނުންނަށް ވެސް ނަމާދުކުރެވޭނެއެވެ.

ރޯދައިގެ ކުރިން މަސައްކަތް ނިންމައި އެ މިސްކިތުގައި ނަމާދުކުރަން ފެށުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ މިސްކިތެއް އަޅަނީ ހިޔާ ފްލެޓު 11 ކައިރީގައި އޮންނަ ހުސް ބިމުގައެވެ. ހުޅިުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ވަގުތީ މިސްކިތެއް ހުރެއެވެ. މީގެއިތުރުން އިތުރު ދެ މިސްކިތެއް ދެވަނަ ފިޔަވަހީގައި ހުރެއެވެ. އެއީ މަސްޖިދުލް އުސްމާން ބިން އައްފާން އާއި މަސްޖިދް އަމީލް ޖަލީލްއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.