ފެންނަނީ ޑިމޮކްރަސީގެ ހަމަތަކާ ދުރަށްދާ މަންޒަރު: ޝާހިދު

މ
16 ސެޕްޓެމްބަރު 2024 10:331 މިނިޓުގެ ކިޔުން
Aa

އަބްދުﷲ ޝާހިދު

ރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށްދާތަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖެ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށްދާތަން ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ގުޅިލާމެހިފައިވާއިރު، ރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިއުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.