ގެއެއްގެ ހަވަނަ ބުރިން ދޮރެއްގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މ
18 ސެޕްޓެމްބަރު 2024 22:301 މިނިޓުގެ ކިޔުން
Aa

އައިޖީއެމްއެޗް

މާފަންނު، ޖަހާމުގުރި ގޯޅީގައިހުރި ގެއެއްގެ ހަވަނަ ފްލޯއިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:12 އެހާކަންހާއިރު ކަމަށެވެ.

”މިހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލްގައިއިން މީހާއަށް އަނިޔާވެފައިވޭ“ ފުލުހުން ބުންޏެވެ.

އެ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ސައިކަލަކީ އެ ވަގުތު އެތަނުގައި ޕާކުކުރަން އުޅުނު ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.