މާލެ ނޫން ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ފުރަތަމަ ރަށަކީ ވިލިނގިލި

މ
19 ސެޕްޓެމްބަރު 2024 12:441 މިނިޓުގެ ކިޔުން
Aa

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު މާލެ ފިޔަވައި އެހެން ރަށެއްގައި ޕްރިންޓް ކުރެވޭ ގޮތް ފުރަތަމަ ފަހަރަށް ސަރުކާރުން ހަމަޖައްސައިފ ިއެވެ.

އެ ހިދުމަތް މިއަދު ފެށީ ގއ. ވިލިނގިލީގަ އެވެ.

ހޯމް މިނިސްޓްރީން ވަނީ ވިލިނގިލީގައި އެ ހިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

މީގެ ކުރިން އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހަމައެކަނި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގަ އެވެ. އެއީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.

2022 ވަނަ އަހަރު ވަނީ ޑީއެންއާރުގެ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެ ގޮތަށް ހަދައިފަ އެވެ. އޭޣެ ކުރިން އެ ހިދުމަތަށް އެދި ހުށަހަޅަން ޖެހެނީ ކައުންސިލް މެދުވެރިކޮށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑީއެންއާރުން ވަނީ މި އަހަރުގެ ކުރީކޮޅު ބުނެފަ އެވެ.

އުމުރުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރެވެ. އަދި 40 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތަކީ 10 އަހަރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.