ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓަށް ކ. އަތޮޅުގެ 3 ފަޅެއް، އެއް ފަޅު މާފުއްޓަށްވުރެ ދެގުނަ ބޮޑު

މ
16 ސެޕްޓެމްބަރު 2024 21:451 މިނިޓުގެ ކިޔުން
Aa

ރިސޯޓް ހަދަން ދޭން ނިންމާ ތަންތަނުގެ ލިސްޓަށް ހަ ފަޅަކާއި ގދ. އަތޮޅުގެ ރަށެއް އިތުރުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރިސޯޓް ހަދަން ދޫކުރަން ކަނޑައަޅާފައިވާ ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މި އަހަރުގެ މެއި މަހު ކުރި އިއުލާނަށް ތިންވަނަ އިސްލާހެއް ގެނެސް، އެ ލިސްޓުން ތިން ރަށެއް އުނިކޮށް ހަ ރަށެއް އިތުރުކޮށްފައިވާ ކަމަށެވެ.

އެ އިސްލާހާއެކު ލިސްޓުން އުނިކޮށްފައިވަނީ:

  • ޅ. ދިއްފުށި (މައިދޫ އާއެކު): 20.99+15.17 ހެކްޓަރު

  • ތ. ކަނިމީދޫ: 10 ހެކްޓަރު

  • ގދ. ކަޅެހުއްޓާ: 7.61 ހެކްޓަރު

އެ ތިން ރަށް ލިސްޓުން އުނިކުރީ، ބަޔަކަށް އެ ރަށްތަށް ދޫކުރުމަށް ފަހު ކަމެއް ނުވަތަ އެ ތިން ރަށުގައި އެފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން އިތުރަށް ބޭނުން ނުވާތީ ކަމެއް ޓޫރިޒަމް މިނިސްޓްރީން ނުބުނެ އެވެ.

ރިސޯޓް ހަދަން ދޫކުރާ ތަންތަނުގެ ލިސްޓަށް އިތުރުކޮށްފައިވަނީ:

  • ބ. އަތޮޅުގެ ފަޅެއް: 0.60 ހެކްޓަރު

  • ކ. އަތޮޅުގެ ފަޅެއް: 0.20 ހެކްޓަރު

  • ކ. އަތޮޅުގެ ފަޅެއް: 82 ހެކްޓަރު

  • ކ. އަތޮޅުގެ ފަޅެއް: 47 ހެކްޓަރު

  • ވ. އަތޮޅުގެ ފަޅެއް: 0.14 ހެކްޓަރު

  • އދ. އަތޮޅުގެ ފަޅެއް: 0.35 ހެކްޓަރު

  • ގދ. ރާވެރިންކޮޅިހުއްޓާ: 0.77 ހެކްޓަރު

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިޒަމަށް ތަރައްގީކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކަށް ޕްރޮޕޯސަލް ހުށަހަޅާއިރު، ފަޅުގެ ވަކި ސަރަހައްދެއް ކުއްޔަށް ނަގަން ހުށަހަޅާ ނަމަ އެ ސަރަހައްދާއި ސަރަހައްދުގެ ބޮޑުމިން އެނގޭނެހެން ފާހަގަކުރަން ޖެހޭނެ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.