މާލޭގެ ގެއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ، އަނިޔާއެއް ތުހުމަތު ކުރެވޭ ކަމެއް ނެތް

މ
18 ސެޕްޓެމްބަރު 2024 09:411 މިނިޓުގެ ކިޔުން
Aa

މާލޭގެ، މާފަންނުގެ ގެއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުހުލުން ބުނީ އެ ގޭގެ ތިންވަނަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ލިބުނީ ރޭ 11:33 ހާއިރު ކަމަށެވެ.

އަދި މަރުވެފައި އޮއްވައި ފެނިފައިވަނީ މ. ނަލަހިޔާ މަންޒިލް/ އަހުމަދު ފަޔާޒު، 57އ. ކަމަށްވެސް ބުންޏެވެ.

”މަރުވެފައި އޮއްވައި ފެނުނު މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމާއި އަދި ތުހުމަތު ކުރެވޭ ފަދަ ކަމެއްވެސް ނެތްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،“ ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.