15 އަހަރުގެ ކުއްޖަކު 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މ
14 ސެޕްޓެމްބަރު 2024 22:361 މިނިޓުގެ ކިޔުން
Aa

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއް ގައި 18 އަހަރުން ދަށިގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދުގެ ވަގުތެއްގައި ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނާއި ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

މިއީ ކުޑަކުދީންނާ ގުޅޭ ސީރިއަސް މައްސަލަތަކެއް ކަމުން ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމަށް ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ތ. އަތޮޅުގެ ރަށެއް ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގަައި އެކަން ކޮށްފައިވަނީ ފަޅުތަނެއްގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.