ރާއްޖެއަށް ޑުރަގް އެތެރެކުރި ކަމަށް ތުހުމަތުވާ 65 އަހަރުގެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި

މ
21 ސެޕްޓެމްބަރު 2024 20:001 މިނިޓުގެ ކިޔުން
Aa

ރާއްޖެއަށް ޑުރަގް އެތެރެކުރި ކަމަށް ތުހުމަތުވާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް 349 ގުރާމްގެ ޑުރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ ވެހެތާނުގެ، އަބްދުﷲ ސޯދިގު، 65އ. ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.