2 ކިލޯގެ ޑުރަގް އެތެރެކުރުން: ޕާކިސްތާން މީހަކަށާއި 2 ދިވެހިންނަށް ދައުވާ ކޮށްދޭން އެދިއްޖެ

މ
22 ސެޕްޓެމްބަރު 2024 14:181 މިނިޓުގެ ކިޔުން
Aa

ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި އެކަމުގެ ތުހުމަތުވާ ތިން މީހަކަށް ދައުވާ ކޮށްދޭން އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ތުހުމަތުކުރާ ތިން މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މޮލްވި މުހައްމަދު ހާރޫން (49އ.) އާއި ވ. ސިނަމާލެ-4/ 30-3 (40އ) އަދި ހދ. ކުމުންދޫ/ ނަރުގިސްވިލާ، އަހުމަދު އައްފާން، (25އ) އެވެ.

އެ ތިން މީހުން ހައްޔަރުކުރީ 24 ޖުލައި 2024ގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ރާއްޖެއަށް ޑުރަގް އެތެރެކުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ މީހުންގެ އަތުން 2.2 ކިލޯގެ ޑުރަގް ފެނުނު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މިއަދު ބުނީ، އެ މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.