ޖަލުގައި ދަންޖެހިގެން މަރުވި 62 އަހަރުގެ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވައިފި

މ
28 ސެޕްޓެމްބަރު 2024 23:031 މިނިޓުގެ ކިޔުން
Aa

މާފުށި ޖަލު

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދަންޖެހިގެން މަރުވި ގ. އެއްތެޔޮމާގޭ/ އަބްދުލް ގަނީ އިސްމާއީލް (62އ)ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި އެވެ

ފުލުހުން މިއަދު ބުނީ އެ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެ އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އަބްދުލް ގަނީ އިސްމާއިލް ދަންޖެހިގެން މަރުވީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނެވެ. އޭނާ މަރުވެފައިވާކަން މާފުށީ ހޮސްޕިޓަލުން ކަނޑައެޅީ އެ ދުވަހުގެ 7:21 ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.