ޔަހޫދީންގެ ހަމަލާތަކުގައި ނަސްރުﷲ ޝަހީދު ކޮށްލައިފި

މ
28 ސެޕްޓެމްބަރު 2024 23:161 މިނިޓުގެ ކިޔުން
Aa

އިޒްރޭލުގެ ޓެރަރިސްޓް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ލުބްނާނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ ހިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ހަސަން ނަސްރުالله ޝަހީދުވެފައިވާ ކަމަށް އެ ޖަމާއަތުން ހާމަކޮށްފި އެވެ.

ނަސްރުالله ޝަހީދުވެފައިވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ހުންނަ އެ ޖަމާއަތުގެ މައި މަރުކަޒަށް ޔަހޫދީން އިއްޔެ ދިން ހަމަލާތަކެއްގައެވެ. އެ ހަމަލާގައި ނަސްރުﷲގެ އިތުރުން ހިޒްބުﷲގެ ކޮމާންޑަރެއް ކަމަށްވާ އަލީ ކަރްކީއާއި އިތުރު ބަޔަކުވެސް ޝަހީދުވި އެވެ.

ނަސްރުالله ޝަހީދުވެފައިވާކަން ކަށަވަރުކޮށްދެމުން ހިޒްބުﷲ އިން ވަނީ ގާޒާގެ ދިފާއުގައާއި އަދި ލުބުނާނުގެ ދިފާއުގައި އެ ޖަމާއަތުން ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ހިޒްބުالله އާއި ޔަހޫދީ ފައުޖާ ދެމެދު 2006 ވަނަ އަހަރުގެ ތެރޭގައި ކުރި ހަނގުރާމައިގައިވެސް ނަސްރުالله ޝަހީދުކޮށްލިކަން ޔަހޫދީ ފައުޖުން އިއުލާން ކުރި އެވެ. ނަމަވެސް އެ ފަހަރު ނަސްރުالله ވަނީ ޓީވީ މެދުވެރިކޮށް އޭނާގެ ހާލު ރަނގަޅުކަން ހާމަކޮށްދެއްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.