ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނުނީ ފޭސް 3 އިން

މ
25 ސެޕްޓެމްބަރު 2024 14:441 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ގެއްލިގެން ހޯދަމުންދަނީ ހއ. ހޯރަފުށީ/ ހީރާ، މުހައްމަދު ސާއިފް، 30އ. އެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފްލެޓް 205-2-35 ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 9 ހާއިރު ހުޅުމާލެ ފޭސް 3 އިން ކަމަށެވެ. އޭރު އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ވަނީ ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.