ގެއްލިގެން ހޯދަމުންދިޔަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ފެނިއްޖެ

މ
25 ސެޕްޓެމްބަރު 2024 20:041 މިނިޓުގެ ކިޔުން
Aa

ގެއްލިގެން ހޯދަން އިއުލާންކުރި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ސާއިފް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ސާއިފުގެ ހަބަރެއް ނުވުމުން، އޭނާގެ ފޮޓޯއާއެކު ފުލުހުން ވަނީ ސާއިފް ހޯދަން އިއުލާންކޮށްފަ އެވެ.

އޭގެ ފަހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލެއިން ސާއިފް ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ގައުމީ ޓީމަށް ކުޅުނު ސާއިފް ވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ އަދި ގްރީން ސްޓްރީޓް އިތުރުން ވިކްޓްރީ އަށް ވެސް ކުޅެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.