4،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލް އިމްތިހާން ފަށައިފި

މ
29 ސެޕްޓެމްބަރު 2024 12:141 މިނިޓުގެ ކިޔުން
Aa

އޭލެވެލް އިމްތިހާން 4،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރުގެ އެޗްއެސްސީ، އެޑެކްސެލް އަދި ކޭމްބްރިޖް އިމްތިހާނުގައި 48 ސެންޓަރަކުން ޖުމުލަ 4293 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

އޭގެ ތެރެއިން އެޗްއެސްސީ އިމްތިހާނުގައި 1،663 ދަރިވަރުން، އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ދަރިވަރުން އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި 443 ދަރިވަރުން ބައިވެރިވާ ކަމަށް ބުންޏެވެ.

ކެމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް މާދަމާ އިން ފެށިގެން ފެށިގެން އަންނަ މަހުގެ 14 އިގެ ނިޔަލަށް ކުރިއަށް ގެންދާއިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 8 އެވެ. އެ އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ނިމޭނީ އަންނަ މަހުގެ 31 ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.