ސަލްމާން މިސްކިތުގެ އިމާމު ޖަލީލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ތަހުގީގު ކުރަނީ

މ
29 ސެޕްޓެމްބަރު 2024 14:181 މިނިޓުގެ ކިޔުން
Aa

ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަބްދުލް ޖަލީލު އިސްމާއީލްގެ މައްޗަށް ތުހުމަތުވާ ފޯޖަރީގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައވަނީ މި މަހުގެ 19 ގައި ކަމަށެވެ.

ޖަލީލުގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ 2 ޖެނުއަރީ 2022ގައި މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ހއ. ހޯރަފުށީގެ/ ޑީންސްވިލާގެ، ހާޝިމް މުހައްމަދު، 44އ. ވިޔަފާރިތައް ޖަލީލުގެ މައްޗަށް ބަދަލުކުރިކަމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރަނީ ހާޝިމްގެ އާއިލާ އިންނެވެ.

ހާޝިމްގެ އާއިލާ އާއި ޖަލީލު އާ ދެމެދު މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ހާޝިމްގެ އާއިލާއަށާއި ޖަލީލުއަށް ވެސް އިރުޝާދު ދީފައިވާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.