އައްޑޫގެ ފެނަކަ ބްރާންޗަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ބަލަނީ

މ
26 ސެޕްޓެމްބަރު 2024 12:271 މިނިޓުގެ ކިޔުން
Aa

އައްޑޫ ސިޓީގެ މަރަފޫފޭދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު ކަމަށް ތުހުމަތުވާ މައްސަލައެއް އެ ކުންފުނިން ބަލަން ފަށައިފި އެވެ.

ފެނަކައިގެ މީޑިއާ އޮފިޝަލާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވާއިރު، ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި މި ހަފުތާ ތެރޭގައި ފެންމަތިވި އެ މައްސަލައިގައި ފެނަކަ ބްރާންޗުން ގެއްލިފައިވަނީ 400،000ރ. އަށް ވުރެ ގިނަ ރުފިޔާ އެވެ.

ފެނަކައިގެ މަރަދޫފޭދޫ ބްރާންޗް މަރަދޫގައި ވަގުތީ ގޮތުން މަރަދޫގައި ހިންގަމުން އަންނަނީ 2021 އިން ފެށިގެންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.