ކަމަދޫގައި ވޯޓާ ޕާކެއް ހަދަނީ

މ
30 ސެޕްޓެމްބަރު 2024 12:39އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ބ. ކަމަދޫގައި ވޯޓާ ޕާކެއް ހަދަން ނިންމައި، އެ މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވި ގޮތުގައި ވޯޓާ ޕާކު ހަދަން ނިންމާފައިވަނީ އެ ރަށުގައި ދިވެހިންނަށް ހާއްސަ ބީޗުގަ އެވެ.

އެ ޕާކުގައި ވޯޓާ ސްލައިޑުތަކާއި އިތުރު ކުޅިވަރުތައް ކަމަށާއި ޕާކަށް ބޭނުންވާ ސާމާނު ހޯދަން ކޮންޓްރެކްޓަރަކާ މިހާރު ހަވާލުކޮށް، އެ ތަކެތި 40 ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޒަރީރު އިތުރަށް ވިދާޅުވީ، ވޯޓާ ޕާކުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ދުވަހު ކުއްޔަށް ދޫކުރާނެ ކޮޓަރިތަކެއްވެސް ހަދާނެ ކަމަށެވެ.

ކަމަދޫ ކައުންސިލުން ބުނި ގޮތުގައި އެ ޕާކު ހަދަނީ ކައުންސިލުގެ ބަޖެޓުންނާއި އަމިއްލަ ފަރާތްތަކުން ލިބިފައިވާ އެހީ އާއެކު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.