ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކޮށް، ފޮރިން މިނިސްޓަރަކަށް ހަލީލު، ނާޒިމު ހެލްތަށް

މ
30 ސެޕްޓެމްބަރު 2024 14:391 މިނިޓުގެ ކިޔުން
Aa

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކަކީ:

  • – ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން

  • – ހެލްތް މިނިސްޓުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން

  • – ރައިސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ހެލްތް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން

ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.

މި ބަދަލުތައް ގެނައި އިރު، މިހާރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު ބަދަލުުކުރާ މަގާމެއް ނުވަތަ މިނިސްޓްރީއެއް އަދި ނޭނގެ އެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ކެބިނެޓަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މި ބަދަލުތައް ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ވަނީ ޝާއިއުކޮށްފަ އެވެ.

ނަމަވެސް މި ބަދަލު ގެންނެވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.