ޕީސީބީގެ އެންގުމާ ހިލާފަށް އެމްއޭސީއެލްއިން މި މަހުވެސް މުސާރައިގެ އެއްބައި ދިނީ ޑޮލަރުން

މ
30 ސެޕްޓެމްބަރު 2024 15:021 މިނިޓުގެ ކިޔުން
Aa

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވަނިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި މަހުވެސް ޑޮލަރުން މުސާރަ ދީފި އެވެ.

ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަންގާ ޕީސީބީން މި މަހު ތިންވަނަ ދުވަހު ނެރުނު ސާކިއުލާގައި ވަނީ ޑޮލަރުން ޑޮލަރުން އާމްދަނީ ލިބޭ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެނީ އެމްއޭސީއެލް އިން އެކަންޏެވެ.

ނަމަވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް މި މަހުވެސް މުސާރައިގެ ދެބައިކުޅަ އެއްބައި ދިނީ ޑޮލަރުންނެވެ. އެކަން އެ ކުންފުނީގެ އިސް އޮފިޝަލަކު މި ނޫހަށް ވަނީ ކަށަވަރުވެސް ކޮށްދެއްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.