ރާއްޖެއިން ސައުދީއާއެެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މ
1 އޮކްޓޫބަރު 2024 01:391 މިނިޓުގެ ކިޔުން
Aa

ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮމާސް، މަޖީދު ބިން އަބްދުالله ބިން އުސްމާން އަލްޤަޞާބީ އެވެ.

ސައުދީގެ ކޮމާސް މިނިސްޓަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ ުސައީދާ ބައްދަލުކުރައްވައި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށާއި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ވެސް ސޮއިކޮށްފައިވާ ކަމަށެވެ،

ސައުދީ އަރަބިއްޔާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ވެސް ގުޅުން ގާއިމުކޮށްފައިވާ ގައުމެކެވެ.

ސައުދީން ވަނީ ރާއްޖޭގެ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ވެސް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.