ނިދަން އޮއްވައި ދަރިވަރަކު ރަހީނުކޮށްގެން ގެންގޮސް އޮރިޔާންކޮށް ބިރު ދެއްކި މައްސަލައެއް

މ
2 އޮކްޓޫބަރު 2024 10:091 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ލާމު އަތޮޅުގައި ގެއަކުން ވަދެ ސުކޫލު ދަރިވަރަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ މަންމަ ބުނީ އެ ކުއްޖާ ރަހީނުކޮށްފައި ވަނީ ކޮޓަރީގައި ނިދަން އޮއްވައި ގުރޫޕަކުން ކުޑަދޮރުން ވަދެ ކަމަށެވެ. އަދި އެ ގުރޫޕާ އެކު ދިއުމަށް އަންގައި ނުގޮސްފިނަމަ މަރާލާނެ ކަމަށް އިންޒާރުދީ ބިރު ދެއްކި ކަމަށްވެސް ބުންޏެވެ.

މަންމަ އިތުރަށް ބުނީ، އެ އިންޒާރުތަކާއި ގުޅިގެން ކުއްޖާ ގެއިން ބޭރަށް ނުކުތުމުން ގަދަކަމުން ރުއްގަނޑެއްގެ ތެރެއަށް ގެންގޮސް ކުއްޖާ ބަރަހަނާކޮށް ވީޑިއޯކޮށް، އެ މީހުންނަށް ފައިސާ ނުދީފިނަމަ ވީޑިއޯތައް ލީކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށެވެ. އަދި ފަހުން ކުއްޖާގެ އެއް އުމުރުފުރާގެ ގިނަ ކުދީންތަކެއް ތިބޭ ގުރޫޕަކަށް އެ ވީޑިއޯތައް އަޅާ ކުއްޖާއަށް މަރުގެ އިންޒާރު ވެސް ދިން ކަމަށް ބުންޏެވެ.

މި ޕޯސްޓާ ގުޅިގެން ފުލުހުން ބުނީ، އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަމާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.