މޯލްޑިވިއަން ސީޕްލޭންގެ ވިޔަފާރި ޒަމާނީކޮށް ފުޅާކުރަން އެމްއޭސީއެލް އާއެކު އާ ކުންފުންޏެއް

މ
2 އޮކްޓޫބަރު 2024 12:121 މިނިޓުގެ ކިޔުން
Aa

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގާ މޯލްޑިވިއަން ސީޕްލޭން ވިޔަފާރި ފުޅާކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެ ބަދަލު ގެންނަން ކެބިނެޓުން ނިންމީ މޯލްޑިވިއަންގެ ސީޕްލޭން ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ކަމަށެވެ.

އެމްއޭސީއެލް އާއެކު އާ ކުންފުންޏެއް ހެދި ނަމަވެސް، އެ ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އައިލެންޑް އޭވިއޭޝަންގަ އެވެ.

އަދި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުންފުންޏެއް އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދާނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެންނެވެ.

ސީޕްލޭންގެ ދަތުރުތައް ކުރަން މޯލްޑިވިއަން އިން 11 ސީޕްލޭން ގެންގުޅެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.