ފިހާރައަކަށް ވެދެ ތޫނު ހަތިޔާރުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މ
8 އޮކްޓޫބަރު 2024 15:021 މިނިޓުގެ ކިޔުން
Aa

ފިހާރައެއްގެ ތެރޭގައިހުރި މީހަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ދިލްބަހާރުމަގުގައި ހުންނަ ފިހާރައެއްގެ ތެރޭގަ އެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މއ. މަސްފަން މުނީޒު، 37 އެވެ. މުނީޒް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން އިއްޔެވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.